އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

މިހާތަނަށް 23 އައިސް ޕަލްންޓެއް ވަނީ ގާއިމްކުރެވިފައި: މިފްކޯގެ ސީއީއޯ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 23 އައިސްޕްލާންޓް މިހާތަނަށް ގާއިމްކުރެވިފައިވާ ކަމަށް މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ.

ދ. މީދޫގައި މިފްކޯއިން ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފަރުހަތު ވިދާޅުވީ އެ އައިސްޕްލާންޓަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ތެރެއިން ބެހެއްޓި އައިސް ޕްލާންޓެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިފްކޯގެ އަމާޒަކީ މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ. 

ކަނޑުމަސްވެރިކަމާއި ފަރުމަސް އަދި ބޮޑު ކަންނެލި މަސްވެރިކަންކަމުގައިވިޔަސް އެ މަސްތައް ގަންނަ ފަރާތްތަކުން ބޭނުންވަނީ ތާޒާކަމާއެކު މަސް ގަތުމަށްކަމަށާއި އެކަން ކުރެވޭނީ އައިސްޕްލާންޓްތަކުގެ އެހީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ތިން މަސްދުވަހު މިފްކޯގެ ހަވާލުގައި ރާއްޖޭގެ އުތުރުން ދެކުނަށް މަސްވެރިންނަށް ޚިދުމަތް ލިބެން ހުރީ އެންމެ 13 އައިސްޕްލާންޓު ކަމަށާއި ނަމަވެސް ކުރެވުނު މަސައްކަތްތަކާ އެކު މިހާރު އެ އަދަދު 23 އަށް އަރާފައިވާ ކަމަށް ފަރުހަތު ވިދާޅުވިއެވެ.

”މިއަދު އުފަލާ އެއްކޮށް އަޅުގަނޑުމެން ދަންނަވަން ޖެހޭނީ ސަރުކާރުން ކުރެއްވި މަސައްކަތުން އަޅުގަނޑުމެން މިއަދު މިހުޅުވޭ ޕްލާންޓާއެކު މުޅި ރާއްޖޭގެ އުތުރުން ދެކުނަށް 23 އައިސްޕްލާންޓްގެ ޚިދުމަތް އަޅުގަނޑުމެން މަސްވެރިންގެ ކޮމިއުނިޓީއަށް ލިބެމުންދާނެކަން،“ ފަރުހަތު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް