- Advertisement -spot_img

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 16 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މާލެ، މ. މުނިޔާގެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 12/2009) ގެ ދަށުންނެވެ.

މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 15 އެޕްރީލް 2026 ގައި ކޯޓުން ވަނީ މުޙައްމަދު އަނިލްގެ މައްޗަށް ހުކުމް އިއްވާފައެވެ. ކޯޓުގެ ހުކުމުގައިވަނީ މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 16 އަހަރަށް ޖަލަށްލުމަށެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން، މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހުރި 4 މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ. އެހެންކަމުން، އަނިލް ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު ހުކުމެކެވެ.

ގުޅުންހުރި ލިޔުންތައް