އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލު އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހަށް

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ރައްތިންނަށް ދެމުންދާ ހަމަލާތައް ހުއްޓާލައި ސުލްހައިގެ މަގުޗާޓަކަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި ފަލަޞްޠީނުގެ ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގެންފައެވެ.

އެ ބިލު ބަލައިގަތުމާއިމެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި 49 މެންބަރަކު ބައިވެރިވިއިރު އެ ބިލު މަޖިލީހަށް ބަލައިގެންފައިވަނީ 25 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަނީ ހުޅަނގު އައްސޭރީގައި އެ ބިލު ފާސްވުމަށްފަހު ހިނގާނީ އިސްރާއީލުގެ ޤާނޫނުކަމަށް ނިންމާ ގޮތަށެވެ.

އެ ބިލު ބަލައިގަތުން އަރަބި ޤައުމުތަކުންނާއި ދުނިޔޭގެ ބައެއް ބޮޑެތި ބާރުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އެ ބިލު ހުށަހަޅައިގެން އުޅެނީ އޮޒްމާ ޔަހޫދިތް (ޖުވިސް ޕާޓީ) އަދި ޒަޔަނޫތު ދަތީތް (ޒަޔަނިސްޓް ޕާޓީ) އިސްވެ އޮވެއެވެ.

1967 އިން ފެށިގެން އިސްރާއީލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރިއަކީ ފަލަޞްޠީނުގެ ބިމެކެވެ. އދ އާއި އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް އިންވެސް އަދި އިސްރާއީލު ގާތްގަނޑަކަށްހެން ހުރިހާ ޤައުމަކުންވެސް ގަބޫލުކުރަނީ އެ ބިމަކީ އިސްރާއީލުން ވެރިވެގަނެގެން އުޅޭ ބިމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް