ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

ރައީސް މުއިއްޒު ނޫނީ އިހުލާސްތެރިކަމާއިއެކު ވެރިކަން ކުރައްވާ ބޭފުޅަކު ނުދެކެން: ގާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫނީ އިހުލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެއްވެސް ބޭފުޅަކު ދެކެވަޑައިގެންފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިފަދައިން ވިދާޅުވީ ރައީސް އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުފުޅުގެ ތެރެއިން އެ އަތޮޅުގެ ފެއްފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ހަފްލާގައި ވިދާޅުވީ އޭނާއަކީ ދޮށީ އުމުރުގެ ބޭފުޅަކަށް ވާތީ ގިނަ ކަންކަން ފެނިވަޑައިގެންފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ މިހާތަނަށް ވެރިކަން ކުރެއްވި ވެރިންނަށް ބައްލަވާއިރު ރައީސް މުއިއްޒު ކަހަލަ އިހުލާސްތެރި ތެދުވެރިވެ ވެރިޔަކު ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ގާސިމް ވިދާޅުވީ އެފަދައިން ވިދާޅުވުމުން، ރައީސަށް ހުޝާމަދު ކުރައްވާކަމަށް ބައެއް މީހުންނަށް ހީވާނެ ކަމަށާއި ނަމަވެސް އޭނާ އެ ވާހަކަ ދައްކަވަނީ ކަން އޮތް ގޮތަށް އަދި ކަންތައްތައް ހިނގަމުންދާ ގޮތަށް ކަމަށެވެ.

ގާސިމް ވިދާޅުވީ އޭނާއަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ބޭފުޅެއް ކަމަށާއި އަދި މިހާރުވެސް ގުރުބާނީތައް ވަމުންދާ ކަމަށެވެ. އަދި މިހާރު ރާއްޖެއިން މި ފެންނަ ތަރައްގީ ފެށުން އައުމުގައި އޭނާ އުފުއްލެވި ބުރަ ހިމެނޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ފެންފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ސަރުކާރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް