އދ. ދަނގެތީގައި ޑޮލަރު އޭޓީއެމެމް އެއް ބަހައްޓަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެމަނިކުފަނު މިކަން ހާމަކުރެއްވީ ދަނގެތީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަނގެއްޗަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެފަދަ ރަށަށަކަށް ޑޮލަރު އޭޓީއެމެއް މުހިންމު ކަމުގައި ވިދާޅުވިއެވެ.
ބީއެމްއެލްގެ ފަރާތުން އެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި އަހަރު ވަނީ އއ. އުކުޅަހާއި އެ އަތޮޅު ތޮއްޑޫގައި ވެސް ޑޮލަރު އޭޓީއެމްއެއް ހުޅުއްވައިދެއްވާފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ހދ. ހަނިމާދޫގައި ވެސް ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ މީގެކުރިން ވިދާޅުވެފައެވެ.



