ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ތިނަދޫ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާގެ ހާލު ރަނގަޅު

ތިނަދޫ ސިޓީގައި ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލަކުން ޖެހި، އިއްޔެ އަނިޔާވި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

މި އެކްސިޑެންޓް ހިނގިގޮތުގެ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ތިނަދޫގެ މަގެއް މައްޗަށް ދުއްވައިގެން ވަގުތު އެ މަގުން ބާރަށް ދުއްވާފައި އައި ސައިކަލަކުން އައިސް ކުއްޖާގެ ގައިގައި ޖެހޭ މަންޒަރެވެ.

ސައިކަލުން ޖެހި ކުއްޖާ ވިއްސައިގެން ދިޔައިރު، ސައިކަލު ދުއްވަން އިން މީހާ ވެސް ވިއްސައިގެންދެއެވެ.

މި ހާދިސާ ހިނގީ ތިނަދޫ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހިގެން އިއްޔެ 18:16 އެހާކަންހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ހަ އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި، ސައިކަލު ދުއްވީ ލައިސެންސް ނެތް މީހެއް ކަމަށާއި އޭނާ އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔައީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އުމުރުން 21 އަހަރުގެ އެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ދުއްވި ސައިކަލް ފުލުހުން ވަނީ ޓޯކޮށްފައެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް