ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ފްރާންސުން ރަސްމީކޮށް ފަލަސްޠީނު ދައުލަތް ޤަބޫލުކޮށްފި

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން، މިއަދު އދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން، ފަލަސްޠީނު ދައުލަތް ފްރާންސްއިން ރަސްމީކޮށް ޤަބޫލުކުރާ ކަމަށް އިޢުލާނު ކުރައްވައިފިއެވެ.

މި ނިންމުމަކީ ފަލަސްޠީނު-އިސްރާއީލު މައްސަލައަށް ދެ ދައުލަތުގެ ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެކެވެ. އދ.ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މެކްރޯން ވަނީ ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމަ އާއި ނުރައްކާތެރި ޙާލަތަށް އަލިއަޅުވައިލައްވައި، ސުލްޙަ ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

”އަޅުގަނޑުމެން މި ތަނުގައި އެއްވެފައި މިތިބީ ވަގުތު އައިސްޖެހިފައިވާތީ، ރަހީނުން ދޫކޮށްލުމުގެ ވަގުތު އައިސްޖެހިއްޖެ، ހަނގުރާމައާއި، މާރާމާރީއާއި، ރައްޔިތުން ފިލައިގެން ދިއުން ހުއްޓުވުމުގެ ވަގުތު އައިސްޖެހިއްޖެ.“ މެކްރޯން ވިދާޅުވެފަވެއެވެ.

ރައީސް މެކްރޯން އިތުރަށް ވިދާޅުވީ ކޮންމެ ތަނެއްގައިވެސް ކުއްލި ނުރައްކަލެއް އޮތުމާއެކު، މިހާރު މިވަނީ ސުލްޙައިގެ ވަގުތު އައިސްޖެހިފައި ކަމަށެވެ.

”ސުލްޙަ ހޯދުމުގެ ފުރުޞަތު ގެއްލުމުގެ ކުރިން އަޅުގަނޑުމެންނަށް މިހާރު ބާކީ ވަރަށް ކުޑަ ވަގުތުކޮޅެއް، އެހެންކަމުން، އަޅުގަނޑުމެން މިތަނުގައި އެއްވެފައި މިތިބީ މިކަމާ ގުޅިގެން.“ މެކްރޯން ވިދާޅުވެފަވެއެވެ.

މެކްރޯން ތަޤުރީރު ނިންމަވާލައްވަމުން މިނިވަން ފަލަސްޠީނު ދައުލަތެއް ޤަބޫލުކުރައްވާ ކަން އިޢުލާން ކުރެއްވިއެވެ. ”މިއަދު މިތަނުގައި އަޅުގަނޑު އިޢުލާނުކުރަނީ ފްރާންސްއިން ފަލަސްޠީނު ދައުލަތް ޤަބޫލުކުރާ ކަމުގައި.“ މެކްރޯން ވިދާޅުވެފަވެއެވެ. ފްރާންސްގެ މި ނިންމުމަކީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކުންވެސް ފަލަސްޠީނު ދައުލަތް ޤަބޫލުކުރުމަށް ބާރުއަޅާނެ ކަމެއް ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންނަށް އަމިއްލަ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އޮތް އުންމީދު އާވެގެންދާނެއެވ

ގުޅުންހުރި ލިޔުންތައް