އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން އިސްނަގައިގެން ”އިފެކްޓިވް ޕޭރެންޓިންގ ޕްރޮގްރާމް“ ގެ ނަމުގައި 4 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ މި އެވުޒާރާއަށް ހުށަހެޅޭ ކޭސް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ ޤާބިލްކަން އިތުރުކުރުމެވެ. އެގޮތުން ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމްކުރުމަށް ބޭނުންވާނޭ ހުނަރުތައް ދަސްކޮށްދިނުމާއި، މިހުނަރުތައް ބޭނުން ކޮށްގެން ދިރިއުޅުމުގެ ކަންކަން ހައްލު ކުރަން ދަސްކޮށްދިނުން ފަދަ ކަންކަން މި ތަމްރީނުގައި ހިމެނެއެވެ.

މީގެ އިތުރުން ކުދިންނަށް ދިމާވާ މައްސަލަތަކާ ކުރިމަތިލާނެ ގޮތާއި، އެފަދަ މައްސަލަތައް ހައްލު ކުރުމަށް ގެންގުޅޭނެ އުކުޅުތައްވެސް މިޕްރޮގްރާމެގެ ތެރެއިން ދަސްކޮށްދެވިގެން ދާނެއެވެ.