ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

”އިފެކްޓިވް ޕޭރެންޓިންގ ޕްރޮގްރާމް“ ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން އިސްނަގައިގެން ”އިފެކްޓިވް ޕޭރެންޓިންގ ޕްރޮގްރާމް“ ގެ ނަމުގައި 4 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

”އިފެކްޓިވް ޕޭރެންޓިންގ ޕްރޮގްރާމް“ ގެ ނަމުގައި ފޭށި ތަމްރީނު ޕްރޮގްރާމް | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

މި ޕްރޮގްރާމްގެ މަޤްޞަދަކީ މި އެވުޒާރާއަށް ހުށަހެޅޭ ކޭސް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ ޤާބިލްކަން އިތުރުކުރުމެވެ. އެގޮތުން ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމްކުރުމަށް ބޭނުންވާނޭ ހުނަރުތައް ދަސްކޮށްދިނުމާއި، މިހުނަރުތައް ބޭނުން ކޮށްގެން ދިރިއުޅުމުގެ ކަންކަން ހައްލު ކުރަން ދަސްކޮށްދިނުން ފަދަ ކަންކަން މި ތަމްރީނުގައި ހިމެނެއެވެ.

”އިފެކްޓިވް ޕޭރެންޓިންގ ޕްރޮގްރާމް“ ގެ ނަމުގައި ފޭށި ތަމްރީނު ޕްރޮގްރާމް | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

މީގެ އިތުރުން ކުދިންނަށް ދިމާވާ މައްސަލަތަކާ ކުރިމަތިލާނެ ގޮތާއި، އެފަދަ މައްސަލަތައް ހައްލު ކުރުމަށް ގެންގުޅޭނެ އުކުޅުތައްވެސް މިޕްރޮގްރާމެގެ ތެރެއިން ދަސްކޮށްދެވިގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް