އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

އެދެނީ ޤައުމީ ޔުނިވާސިޓީއަކީ ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށްވުމަށް: ރައީސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއަށް 52 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައެވެ.

ޤައުމީ ޔުނިވާސިޓީއަށް 52 ވަނަނަ އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް އަހަރީ ދުވަހުގެ މުނާސަބަތުގައި މަރުޙަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ ދުޢާ އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެވެ. އަދި ދިވެހިރާއްޖޭގެ ފުރަތަމަ ޔުނިވާސިޓީވެސްމެއެވެ. ޤައުމީ ޔުނިވާސިޓީގެ މަޤްޞަދަކީ މީހުންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އަދި މުޖުތަމަޢުގެ ޘަޤާފީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ކޮންމެހެން މުހިންމު ޢިލްމު އުފައްދައި، ހޯދައި، ރައްކާކޮށް އަދި ފެތުރުމެވެ.

ޤައުމީ ޔުނިވާސިޓީން އަންނަނީ އެ ޔުނިވާސިޓީން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް މުޅި ރާއްޖެއަށް ޢިލްމު ފެތުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ އިތުރުން އިތުރު ހަތަރު ކެމްޕަސް އަތޮޅުތެރޭގައ އަންނަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް