އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ކ. އަތޮޅުގައި ބޭއްވި ”ހަފްތާ ރެސް“ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފި

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ ”ހަފްތާރެސް“ ޕްރޮގްރާމް ކ އަތޮޅުގައި ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ކ.ގެ އަތޮޅުން ދިއްފުށި، ހުރާ، ތުލުސްދޫ އަދި ހިންމަފުށިން މި ޕްރޮގްރާމުގައި ވަނީ ބައިވެރިވެފައިވެއެވެ. ހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި އެން.ސީ.ޓީ.ސީ ގުޅިގެން މިއަހަރު ހިންގި “ ހަފުތާރެސް“ ގެ ދެވަނަ ޕްރޮގްރާމެވެ.

ކ. އަތޮޅުގައި ބޭއްވި ”ހަފްތާ ރެސް“ ޕްރޮގްރާމުގެ ތެރެއިން | ފޮޓޯ: ޔޫތް މިނިސްޓްރީ
ކ. އަތޮޅުގައި ބޭއްވި ”ހަފްތާ ރެސް“ ޕްރޮގްރާމުގެ ތެރެއިން | ފޮޓޯ: ޔޫތް މިނިސްޓްރީ

މިއަހަރު ފުރަތަމަ ”ހަފްތާ ރެސް“ ބާއްވާފައިވަނި އދ އަތޮޅުގައެވެ. މިދިޔަ އަހަރު ”ހަފްތާ ރެސް“ގެ ތިން ޕްރޮގުރާމެއް ވަނީ ބާއްވާފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ. ދެވަނަ ޕްރޮގުރާމު ބާއްވާފައިވަނީ ހދ. އަތޮޅުގައެވެ. އަދި ތިން ވަނަ ޕްރޮގުރާމު ބާއްވާފައިވަނީ ގދ. އަތޮޅުގައެވެ.

ގުޅުންހުރި ލިޔުންތައް