ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: މެންޗެސްޓާ ސިޓީ ބްރައިޓަން އަތުންވެސް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ގޯލު ޖަހައި، ބްރައިޓަން އިން 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.

މިއީ ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. ސިޓީ ވަނީ މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި 2-0 އިން ޓޮޓެންހަމް އަތުން ބަލިވެފަ އެވެ. އަދި މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ބްރައިޓަން އިން ހޯދި ފުރަތަމަ މޮޅެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 34 ވަނަ މިނެޓްގައި އާލިން ހާލަންޑް ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. މި މެޗަކީ ޕްރިމިއާ ލީގުގައި ހާލަންޑް ކުޅުނު 100 ވަނަ މެޗު ކަމަށްވާއިރު، މިއީ އޭނާ އެޓީމަށް ކާމިޔާބުކޮށްދިން 88 ވަނަ ގޯލެވެ.

މެޗު ނިމުމުން ބްރައިޓަންގެ ކުޅުންތެރިން އަދި ކޯޗު އުފާފާޅުކުރަނީ

ދެވަނަ ހާފުގައި ބްރައިޓަން އިން ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅު ކުރިއިރު، އެޓީމުން ނަތީޖާ އެއްވަރުކުރީ މެޗުގެ 67 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ސިޓީގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު މަތެއުސް ނުނޭސްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބްރައިޓަނަށް ނަތީޖާ އެއްވަރުކޮށްދިނީ ޖޭމްސް މިލްނާއެވެ.

އަދި މި މެޗުން މޮޅުވި ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ބްރައިޓަން އަށް ކާމިޔާބުކޮށްދިނީ ބްރަޔަން ގްރޫޑާ އެވެ. މިއީ ބްރައިޓަން އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ސިޓީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގްރޫޑާ ކާމިޔާބުކުރި ގޯލެކެވެ.

ޕްރިމިއާ ލީގުގައި މިރޭ ވެސްޓަހްމަ ޔުނައިޓެޑުން ވަނީ 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް