ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

މި ސީޒަންގެ ޗެމްޕިއަންސް ލީގު ގުރުނަގައިފި

2025/26 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ވާދަކުރާ 36 ޓީމުތައް ވާދަކުރަންޖެހޭ ޓީމުތައް މޮނާކޯގައި ބޭއްވުނު ގުރުއަތުލުމުގައި ކަނޑައަޅައިފިއެވެ.

މި ގުރުއަތުލުމުން ކޮންމެ ޓީމަކަށްވެސް 8 ޓީމާއި ގްރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހޭނެއެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ މެޗުތައް ކުޅެން ފަށާނީ ސެޕްޓެމްބަރު 16 އިން 18 އަށެވެ. އަދި ފަހު މެޗުތައް ކުޅޭނީ 2026 ވަނަ އަހަރުގެ ޖެނުއަރީ 28 ގައެވެ. މުޅި ލީގު ފޭސްގައި ޖުމްލަ 8 މެޗްޑޭއެއް ކުޅޭނެއެވެ.

ގުރުއަތުލުމުގައި ޓީމުތައް ހަތަރު ޕޮޓަކަށް ބަހާލެވިފައިވަނީ އެ ޓީމުތަކުގެ ކްލަބް ކޯއެފިޝަންޓަށް ބަލައިގެންނެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ޑިފެންޑިންގ ޗެމްޕިއަނުން ވަނީ ޕޮޓް 1 ގައި ސީޑްކުރެވިފައެވެ. ކޮންމެ ޓީމަކުވެސް ކޮންމެ ޕޮޓަކުން 2 ޓީމާއި ކުރިމަތިލާނެއެވެ. އޭގެ ތެރެއިން އެއް މެޗު ހޯމްގައި އަދި އަނެއް މެޗު އެވޭގައި ކުޅޭނެއެވެ.

ވޭތުވެދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ޗެންޕިއަން ޕީއެސްޖީ

ޗެންޕިއަންސް ލީގުގައި އެންމެ ފާހަގަކޮށްލެވޭ ޑްރޯ ތަކުގެ ތެރޭގައި ރެއާލް މެޑްރިޑް ސިޓީ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ނިކުންނައިރު، ލިވަޕޫލާއި ދެކޮޅަށް އެންފީލްޑްގައި ނިކުންނާނެއެވެ. މީގެ އިތުރުންވެސް މިދިޔަ ސީޒަނުގެ އެންމެ މޮޅެ ދެޓީމުކަމަށްވާ ބާސާ އާއި ޕީއެސްޖީގެ ކުރިމަތިލުމެއްވެސް ގްރޫޕް ސްޓޭޖުގައި ފެނިގެންދާނެއެވެ.

ލީގު ފޭސްގައި އެއް ގައުމެއްގެ ޓީމުތަކާ ދިމައެއް ނުވާނެއެވެ. އަދި އެއް ޓީމަކަށްވެސް އެއް ގައުމެއްގެ 2 ޓީމަށްވުރެ ގިނަ ޓީމާ ދިމައެއް ނުވާނެއެވެ.

ގުރުއަތުލުމުގެ ހަފްލާގައި ޗެލްސީއަށް ވަނީ ޔުއޭފާ ގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާތީ، އެކަންފާހަގަކޮށް އެވޯޑެއް ދީފައެވެ. މީގެ އިތުރުން ސްވިޑަންގެ ލެޖެންޑް ޒަލަޓަން އިބްރަހިމޮވިޗް އަށް ވަނީ ޔުއޭފާ ޕްރެސިޑެންޓް އެވޯޑް ދީފައެވެ.

ގުޅުންހުރި ލިޔުންތައް