އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

އަމަންއަމާންކަން ޤާއިމްކުރުމަށްޓަކައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢަކީ ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުން: ވަޒީރު އިޙްސާން

މުޖުތަމަޢުގެ ތެރޭގައި އަމަންއަމާން ކަމާއި ސުލްހަމަސަލަސްކަން ޤާއިމްކުރުމަށްޓަކައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢަކީ ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ހދ. ހަނިމާދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށްޓެވުމަށް ފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ފުލުހުންގެ 91 އަހަރުވީ ތާރީޚުގައި މިހާތަނަށް ހިންގޭ އުމްރާނީ އެންމެ ބޮޑު މަޝްރޫޢަކީ ފުލުހުންގެ ޚިދުމަތް ލިބެން ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަސައްކަތުގައި އަޅުގަނޑުމެންގެ ދެ ތިން އަމާޒެއް އެބަވޭ. ފުރަތަމަ އަމާޒަކީ މި ވަގުތު ފުލުހުންގެ ޚިދުމަތް ޤާއިމްވެފަ ނެތް ހުރިހާ ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ޚިދުމަތް ޤާއިމްކުރުން. މާނައަކީ ރައީސް ޑރ. މުޢިއްޒު ހުވާކުރެއްވި އިރު ގާތް ގަނޑަކަށް 86 ރަށެއްގަ ފުލުހުންގެ ޚދުމަތް ޤާއިމްވެފަ ނެތް. އަމާޒަކީ މި އަހަރުގެ ނޮވެމްބަރު އަންނަން ވާއިރަށް ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްވުން. ވަޒީރު

ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓަރ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ އަމާޒަކީ މިހާރު ޤާއިމްކުރަމުންދާ ފުލުހުންގެ މަރުކަޒުތައް ރައީސުލްޖުމްހޫރިއްޔާގެ މި ދައުރުގެ ތެރޭގައި ނިންމުންކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ދެމުންގެންދިޔަ 100އަށް ވުރެ ގިނަ ރަށްރަށުގައި އެ ޚިދުމަތް ދެމުން އައީ އާންމު ޚިދުމަތެއް ދެވޭނެ ފަދަ ގޮތަކަށް ނޫން ކަމަށެވެ.

ޚާއްސަކޮށް ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދެވޭ ވަރުގެ އިންފްރާސްޓްރަކްޗަރެއްގަ އެއް ނޫން. އެދޭވޭ ތަންތަނުގައި ނޫން ގޮތަކަށް ޚިދުމަތް ދިނީމަ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރުވެސް އެހާ ރަނގަޅެއް ނުވޭ. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ދެއްވަމުންގެންދަވާ އިރުޝާދަކީ ރާއްޖޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އެންމެ އެދެވޭ ގޮތަށް، ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުން. ވަޒީރު

މީގެ އިތުރުން ވަޒީރު ވަނީ ކްރައިމް ޕްރިވެންޝަންގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް