އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އާސެނަލްއިން އެޒެ ގެ ސޮއި ހޯދައިފި

ދުވަސްތަކެއް ވަންދެން ޓޮޓްނަމްއިން ކްރިސްޓަލް ޕެލަސްގެ އެޒެ ގެ ސޮއި ހޯދުމަށް މަސައްކަތް ކުރަނިކޮށް އާސެނަލްއިން އެޒެ ގެ ސޮއި ހޯދައިފިއެވެ.

މި ޓްރާންސްފަރގެ އަގަކީ 60 މިލިއަން ޕައުންޑެވެ. އަދި އޭގެ އިތުރުން އެޑް-އޮންސްގެ ގޮތުގައި 7.5 މިލިއަން ޕައުންޑް ހިމެނެއެވެ. އެޒޭ ވަނީ ހުކުރު ދުވަހު މެޑިކަލް ޓެސްޓް ފުރިހަމަ ކޮށްފައެވެ. ނަމަވެސް މެންދުރު 12 ގެ ކުރިން ރަޖިސްޓްރީ ނުކުރެވުމުގެ ސަބަބުން ލީޑްސްއާ ދެކޮޅަށް ކުޅެން ނުލިބޭނެއެވެ.

އާސެނަލްގައި އެޒެ ބޭނުނެކުރާނީ 10 ނަމްބަރު ޖޯޒީ

27 އަހަރުގެ މި ކުޅުންތެރިޔާ ވަނީ އާސެނަލްއާއެކު 5 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އާސެނަލްގެ ކޯޗު މިކެލް އަރޓެޓާ ދެކޭ ގޮތުގައި، ޚާއްސަކޮށް ކައި ހަވަރޓްޒްގެ ކަކުލުގެ އިންޖަރީއާ ގުޅިގެން، އެޒޭއަކީ ޓީމަށް ވަރަށް މުހިންމު އިތުރުވުމެކެވެ.

އާސެނަލްއިން ވަނީ އެބެރެޗި އެޒޭއަށް ނަންބަރު 10 ޖާރސީ ދޭނެކަން ކަށަވަރުކޮށްދީފައެވެ. މިއީ އޭނާ ކުރީގެ ކުލަބު ކްރިސްޓަލް ޕެލަސްގައިވެސް ބޭނުން ކުރި ނަންބަރެވެ.

އެޓޭކިންގ މިޑްފީލްޑަރު އެޒޭ އޭނާގެ އައު ޓީމްމޭޓުންނާ ގުޅޭނީ ލީޑްސްއާ ދެކޮޅަށް ކުޅޭ ޕްރިމިއަރ ލީގު މެޗަށް ފަހުގައެވެ.

ގުޅުންހުރި ލިޔުންތައް