ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ޓޮޓެންހަމް އަތުން ބަލިވެ ސިޓީއަށް ހާސްކަން

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ޓޮޓެންހަމުން އިން 2-0 އިން މެންޗެސްޓާ ސިޓީ  ބަލިކޮށްފައެވެ.

މިއީ މި ސީޒަންގައި ޓޮޓެންހަމް އަދި ސިޓީވެސް ކުޅުނު ދެވަނަ މެޗެވެ.

ސިޓީގެ ދަނޑު އެތިހާދުގައި ކުޅުނު މި މެޗުގެ 35 ވަނަ މިނެޓްގައި ބްރެނަން ޖޯންސަން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ. މިގޯލަކީ ރިޗާލިސަން ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ޖޯންސަން ކާމިޔާބުކުރި ގޯލެކެވެ.

އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޮއާއޯ ޕަލީނިއާ ވަނީ ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ސިޓީގެ ގޯލްކީޕަރު ޖޭމްސް ޓްރަފޯޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ސިޓީން ވަނީ އެތައް ބަދަލުތަކެއް ގެނެސް، ގިނަ އެޓޭކުތަކެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެޓީމަށް ވަނީ ޓޮޓެންހަމްގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. މި ހާފުގައި ޓޮޓެންހަމަށް ލިބުނު ރަނގަޅު ފުރުސަތުތަކެއް ބޭކާރުވެގެން ދިޔަ ނަމަވެސް، މެޗު ނިމުނީ 2-0 އިން ޓޮޓެންހަމް މޮޅުވެގެންނެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ޓޮޓެންހަމުން ވަނީ 3-0 އިން ބާންލީ ބަލިކޮށްފައެވެ. އަދި ސިޓީން ވަނީ ފުރަތަމަ މެޗުގައި ވުލްވްސްގެ މައްޗަށް 4-0 އިން ކުރި ހޯދާފައެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ބްރައިޓަންއާއެވެ. އަދި ޓޮޓެންހަމް ނިކުންނާނީ ބޯންމަތްއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް