ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އދ.ދިއްދޫ އަދި ވ.ފުލިދޫ ޞިއްޙީމަރުކަޒު ގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތްތައް އެމްޓީސީސީއަށް

އދ. ދިއްދޫ ޞިއްޙީމަރުކަޒު ގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް އަބުދުﷲ އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.

އދ.ދިއްދޫގެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 12 މިލިއަން ރުފިޔާއެވެ. މި އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު އަރިހުގައި ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އދ.ދިއްދޫ ޞިއްޙީމަރުކަޒު ގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން | ފޮޓޯ: އެމްޓީސީސީ

ވ. ފުލިދޫގެ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 27 މިލިއަން ރުފިޔާއެވެ. މި އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަރިހުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު އަރިހުގައި އާދަމް ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޕަބްލިކް ހެލްތު ޔުނިޓް، މަލްޓިޕާޕޮސް ހޯލް، ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެއެވެ. އަދި ޕޯޓިކޯ އާއި ވަށާފާރުވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް