ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ސްޕެނިޝް ލަލީގާ: އެމްބާޕޭގެ ހަމައެކަނި ގޯލުން ރެއާލުން ސީޒަން ފެށީ މޮޅަކުން

ސްޕެނިޝް ލަލީގާގައި މިސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން 1-0 އިން އޮސަސޫނާ ބަލިކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ދެ ޓީމުން ކުރެ ޓީމަކަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މި ޕެނަލްޓީ ރެއާލަށް ލިބުނީ އޮސަސޫނާގެ ކުޅުންތެރިއަކު އޭރިއާ ތެރެއިން އެމްބާޕޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށް ފަހު ވެސް ރެއާލުން އޮސަސޫނާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެއެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ރެއާލްގެ ގޮންސާލޯ ގާސިއާ އަށް ކުރި ފައުލަކާ ގުޅިގެން އޮސަސޫނާގެ އަބެލް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ސްޕެނިޝް ލީގުގައި ރެއާލުން ދެން ބައްދަލުކުރާނީ އޮވިއޭޑޯއާ ދޮކޮޅަށެވެ. ސީޒަންގެ ފުރަތަމަ ހަފްތާގެ ކުޅުމަށްފަހު ތާވަލްގެ އެއްވަނާގައި ބާސެލޯނާ އޮތްއިރު، ރެއާލް މެޑްރިޑް އުޅެނީ ގޯލުގެ ތަފާތުން ތާވަލުގެ އަށް ވަނާގައެވެ.

ގުޅުންހުރި ލިޔުންތައް