ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ހުޅުމާލެ ފޭސް 2 ގައި އިތުރު ބަސް ސްޓޮޕްތަކެއް ހަދަނީ

ހުޅުމާލެ ފޭސް 2 ގައި އިތުރު ބަސް ސްޓޮޕް ތަކެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.

މި މަސައްކަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުން ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން އެ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.

ހުޅުމާލެ ފޭސް 2 ގައި އިތުރު ބަސް ސްޓޮޕްތަކެއް ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ | ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނީ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށަންވާއިރަށް އެ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން ހުޅުމާލެ 2 ގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.

ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް