ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ސްޕެނިޝް ލަލީގާ: އާ ސީޒަނުގެ ފުރަތަމަ މެޗުގައި ބާސާއިން މަޔޯކާ ބަލިކޮށްފި

ސްޕެނިޝް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ބާސެލޯނާ އިން މަޔޯކާގެ މައްޗަށް 3-0 އިން ކުރި ހޯދައިފި އެވެ.

މަޔޯކާގެ ދަނޑުގައި ކުޅުނު މި މެޗުގެ 7 ވަނަ މިނެޓްގައި ލަމީން ޔަމާލް ނަގައިދިން ހުރަހަކުން ރަފީނިއާ ވަނީ ބާސާއަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 23 ވަނަ މިނެޓްގައި ފެރަން ޓޮރޭސް ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މަޔޯކާގެ ދެ ކުޅުންތެރިއަކަށް ދެއްކި ރަތްކާޑުގެ ސަބަބުން އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 9 ކުޅުންތެރިންނާއެކުއެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓްގައި މަޔޯކާގެ މަނޫ މޯލަނޭސް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކީ ޔަމާލް އަށް ކުރި ފައުލަކާ ގުޅިގެންނެވެ. އަދި އޭގެ ހަ މިނެޓް ފަހުން މަޔޯކާގެ ވެޑާޓް މުރީގީ އަށް ރަތްކާޑު ދެއްކީ ބާސާގެ ކީޕަރު ޔޮއާން ގާސިއާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސާއާ މިފަހަރު އަލަށް ގުޅުނު މާކަސް ރަޝްފޯޑް ކުޅެން އެރިއިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޔަމާލް އެވެ.

ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ލެވަންޓޭއާ އެވެ.

ގުޅުންހުރި ލިޔުންތައް