ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ވަޒީފާގެ އިތުބާރާ ޔަޤީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީ: ވަޒީރު އާދަމް ޝަރީފު

ވަޒީފާގެ އިތުބާރާ ޔަޤީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އެއް ހަފުތާގެ މުއްދަތަށް އެ ވުޒާރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގި ”ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް“ ނިންމުމަށް އިއްޔެ ހަވީރު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

”މާކުރިން ހުންއަންނާނެ ކަމަށް ރަޖާލައިގެން ތިބުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުނުކުރެވޭ. އަބަދުވެސް ރަނގަޅަށް މަސައްކަތްކުރާ މީހުންނަށް އެ ފުރުޞަތުތައް މެދުނުނކެނޑި އަންނަނީ ލިބެމުން. އެ ކަންކަން އެ މުވައްޒަފެއްގެ މައްޗަށް ހުންނަވައި ސްޕަވައިޒަރުން ވަރަށް ރަނގަޅަށް ބަލައިގަނޭ. އަބަދުވެސް ވަޒީފާގެ އިތުބާރާ ޔަޤީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީން“ ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވިވާހަކަފުޅުގައި ޕްރޮގްރާމުގެ ފައިދާ ބައިވެރިންގެ މޫނުމަތިން މިހާރުވެސް ފެންނަމުންދާކަމަށް ވިދާޅުވެ، ހުރިހާ ގޮތަކަށް ބަލައިއިރުވެސް މި ޕްރޮގްރާމަކީ އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި ހައްދަވައިދެއްވީތީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހްއަށާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޓްރޭނިންގ އިންސްޓިޓީއުޓްގެ އެންމެހައި މުވައްޒަފުންނަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.

ވަޒީރު ދެއްކެވިވާހަކަފުޅުގައި ބަދަލަކީ ނުވަތަ ބަދަލެއް ގެނައުމަކީ ގިނަ ބަޔަކު އެހައި ޤަބޫލުކުރެވޭ ކަމެއްކަމަށް ނުވިޔަސް އެއީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެ އަމިއްލަފުޅު ތަޖުރިބާތަކުން ބައެއް ވާހަކަތައް ވަޒީރު ހިއްސާކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެކުގައި މަސައްކަތްކުރައްވާ ވެރިންގެ ލަފައާ އެއްގޮތަށް މަސައްކަތްކުރެވުނީމަ ކުރިއެރުންތަކެއް ލިބިގެން އަންނަކަމުގެ އިޙްސާސްތައްކުރެވުނު ކަމަށެވެ. އަދި އަންނަ ކޮންމެ ބަދަލަކަށް އަމިއްލައަށް ތައްޔާރުވެ އެ ޗެލެންޖާ ކުރިމަތިލައިފި ނަމަ ޙަޤީޤަތުގައި ތިމާއަށް ލިބޭ ކުރިއެރުން ބޮޑުވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމު ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވިވާހަކަފުޅުގައި ޑިޕާޓްމެންޓެއްގެ ގޮތަށް ވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޕްރޮގްރާމުގެ ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި އަބަދު އެއް ތަނެއްގަ އެއް ކަމެއްކުރަން ހުރުމުގެ ބަދަލުގައި ލިބޭ ފުރުޞަތާ، އެ ލިބޭ ތަމްރީނުތަކުގެ އެހީގައި ތިމާއަށް ލިބޭ ކުރިއެރުންތައް ބޮޑުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް