އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޕާކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް ތަހުނިޔާ އާއި ހެޔޮއެދުން ފޮނުއްވައިފިއެވެ.

މިގޮތުން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޕާކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރުގެ އިތުރުން، ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ތަހުނިޔާ ފޮނުއްވައިފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ޕާކިސްތާނަށް މިނިވަންކަން ލިބުމަށްފަހު މިހާތަނަށް ހާސިލުކޮށްފައިވާ ތަރައްޤީއާއި ކުރިއެރުން ފާހަގަކުރުމުގައި ދިވެހިރާއްޖެއިން ބައިވެރިވާ ކަމަށެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި ޤާއިމްވެފައިވާ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް