އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ވީއައިއޭގެ އާ ޓާމިނަލް ބޭނުންކުރާ ދެވަނަ އެއާލައިނަކަށް އެއާ އަރަބިއާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖަރު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެ ޓާމިނަލުން ހިދުމަތް ހޯދި ފުރަތަމަ ބޭރުގެ އެއާލައިނުގެ ޝަރަފު އެއާ އަރަބިއާއަށް ލިބިއްޖެއެވެ.

ޓާމިނަލް 1 ރަސްމީކޮށް ހުޅުވާފައިވަނީ 26 ޖުލައި 2025 ގައެވެ. އޭގެ އޮޕަރޭޝަންތައް ފެށުނީ 27 ޖުލައި 2025 ވަނަ ދުވަހު، އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓަކާ އެކުއެވެ. މިކަމާއެކު، އާ ޓާމިނަލްގެ ހިދުމަތް ރަސްމީކޮށް ދޭން ފެށުނެވެ.

އެއާ އަރަބިއާގެ ދަތުރުވެރިން ވީއައިއޭގެ އާ ޓާމިނަލުގައި | ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލުން ކުރި ޕޯސްޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކަކުން ފުރަތަމަ ފުރުމަށް އެއާ އަރަބިއާގެ ފަސިންޖަރުން ފަސޭހަކަމާ އެކު ޗެކް-އިން މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އާ ފަސިންޖަރު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށިތާ ހަފްތާއެއްގެ ތެރޭގައި 2,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އެ އާ ޓާމިނަލުން ވަނީ ހިދުމަތް ދީފައެވެ.

މިއީ ބޮޑު ކާމިޔާބީއެއްކަން އެމްއޭސީއެލުން ވަނީ ވިދާޅުވެފައެވެ.

އެއާ އަރަބިއާގެ ދަތުރުވެރިން ވީއައިއޭގެ އާ ޓާމިނަލުގައި | ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ ޓާމިނަލް 1 އަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ”އޮރާޓް ޕްރޮސެސް“ ގެ ނަމުގައި ހިންގާ މަސައްކަތެއްގެ ދަށުން ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންނެވެ.

މި ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކުރަމުން ގޮސް، މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރެވޭނެ ކަމަށް ވީއައިއޭއިން ބުނެއެވެ. އެގޮތުން އާ ޓާމިނަލުން ހިދުމަތް ހޯދި ފުރަތަަ ބޭރުގެ އެއާލައިނުގެ ޝަރަފު އެއާ އަރަބިއާއަށް ވަނި ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް