އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ހުޅުމާލޭގައި 60 ރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިޔަށްގެންގޮސްފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އެޗްޑީސީ ގުޅިގެން، ހުޅުމާލެ ފޭސް 2 ގައި، 60 ރުއް އިންދައިފިއެވެ.

އިއްޔެ ހަވީރު ކުރިޔަށް ދިޔަ ރުއް އިންދުގެ ހަރަކާތަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި، ގުޅުވައިގެން، ދިވެހިރުއް ދިރުވާ އާލާކޮށް އިތުރުކުރުމުގެ މަޤްސަދުގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ހުޅުމާލޭގައި ކުރިޔަށްގެންދިޔަ 60 ރުއް އިންދުމުގެ ޕްރޮގްރާމް | ފޮޓޯ: އެޗްޑީސީ

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސްވެރިން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ އިސްވެރިން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްވެރިނާއި މުވައްޒަފުން، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިނާއި، މުވައްޒަފުން، ސްކޫލްތަކުގެ ދަރިވަރުނާއި މުދައްރިސުން ބައިވެރިވިއެވެ.

މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ހުޅުމާލޭގައި ކުރިޔަށްގެންދިޔަ 60 ރުއް އިންދުމުގެ ޕްރޮގްރާމް | ފޮޓޯ: އެޗްޑީސީ

ރުއް އިންދުން ފައްޓަވައިދެއްވުމުގެ ގޮތުން ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ރުކެއް އިންދަވާފައެވެ. އަދި ރަސްމިއްޔާރުގައި ބައިވެރިވި، ވުޒާރާތަކުގެ ވެރިންނާއި، ސްކޫލް ދަރިވަރުންގެ އިތުރުން ރަސްމިއްޔާތުގައި ބައިވެރިވިން ވެސް ވަނީ ރުއް އިންދުމުގައި ބައިވެރިވެފައެވެ.

ރާއްޖޭގައި ދިވެހި ރުއް މަދުވެ، އޭގެއިން ލިބިދޭ ކާނާ ލިބުންވަނީ ދަތިވެފައެވެ. ޚާއްސަކޮން ދިވެހިންގެ ކެއިން ބުއިމުގައި މައިގަނޑު އެއް ބާވަތްކަމަށްވާ ކާށި، ލިބުންވަނީ އިންތިހާއަށް ދަތިވެފައެވެ. އެހެންކަމުން ރާއްޖޭގައި ރުއް އާލާކުރުމުގެ ޤައުމީ ހަރަކާތެއް ފެށުމަށް މި ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އދ. އަރިޔަދޫގައި ރުއް އާލާކުރުމުގެ ޤައުމީ މަރުކަޒު ގާއިމު ކުރުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް