އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސް، ބޮޑުވަޒީރު އަދި ރައްޔިތުންނަށް ފޮނުވާފައެވެ.

ސިންގަޕޫރު ކުރިއެރުގައި ރައްކާތެރިކަމާއި ފާގަތިކަމަކީ މުހިންމު ދައުރެއް އަދާކުރި ސިފައެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ އެގޮތުން އަބަދުވެސް ކުރިއަށްދިއުމަށް އެދިވަޑައިގެންފައެވެ.

ރައީސް މުއިއްޒުވަނީ ސިންގަޕޫރާއި ރާއްޖޭގެ ގުޅުން ބަދަހިވުމުގައި އިތުބާރާއި ދެފަރާތަށް ފައިދާހުރިގޮތުގައި ކުރިއަރައިދާތީ އެކަމާ އުފާކުރައްވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެއްބާރުލުންދެވޭނޭ އާމަގުތައް ހޯދުމުގައި ރާއްޖެއިން ދެމިތިބޭނެކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު މިދިޔަ ޖޫން މަހުގެ ފަހުކޮޅު ވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފަ އެވެ. މިދަތުރުފުޅުގައި އެ ގައުމުގެ ރައީސް އަދި ބޮޑުވަޒީރާވެސް އެމަނިކުފާނު ބައްދަލުކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް