- Advertisement -spot_img

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައިދު އާސިމް މުނީރުއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް މަޖިލީހުގެ ރައީސާއި މެންބަރުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އިއްޔެ އޮތް ބައްދަލުކުރެއްވުމުގައު ސަރަހައްދީ ސަލާމަތާއި ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމާއި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ޕާކިސްތާނާއި އޮންނަ އަޚުވަންތަ ގުޅުމަށް އެ ޤައުމުން ވަރަށް ބޮޑު އިސްކަމަކާއި އަހަންމިއްޔަތެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާވެސް ދެ ޤައުމުގެ ފައިދާއަށްޓަކައި މި ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ވަޢުދު އައުކުރައްވާ އެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ކުރިއެރުވުމުގައި ޕާކިސްތާނުން އަދާކުރާ ބިނާކުރަނިވި ދައުރު ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާ، ދެ ޤައުމުގެ މަސްލަހަތު އޮތް ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް