ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އާސެނަލްގެ ޕާޓޭ ސްޕެއިންގެ ވިޔަރެއާލާ ގުޅިއްޖެ

އާސެނަލްއަށް ކުޅެމުން އަންނަ ގާނާގެ މިޑްފީލްޑަރު، ތޯމަސް ޕާޓޭ، ސްޕެއިނުގެ ވިޔަރެއާލަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް، 2020 ވަނަ އަހަރު 55 މިލިއަން ޑޮލަރަށް އާސެނަލަށް ބަދަލުވި ޕާޓޭ އެ ކްލަބާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އާސެނަލާ އެކު، އޮތް ޕާޓޭގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ، ހުށަހެޅި މުސާރަ ކުޑަވުމުންނެވެ.

އާސެނަލް އަށް މިދިޔަ ސީޒަނުގައި ޕާޓޭ، ވަނީ 52 މެޗު ކުޅެދީފަ އެވެ.

ވިޔަރެއާލުން ރޭޕުގެ ތުހުމަތެއްގައި ހުރި ޕާޓޭ ގެންނަން ނިންމި ނިންމުމާ ދެކޮޅަށް އެ ކްލަބްގެ ސަޕޯޓަރުން އަންނަނީ އޮންލައިންކޮށް ހަޅުތާލެއް ކުރިއަށްގެންދަމުންނެވެ. އަދި، ޕާޓޭ ސޮއިކުރުމާ ދެކޮޅަށް ހެދި އޮންލައިން ޕެޓިޝަނުގައި، 1000 އަށް ވުރެ ގިނަ ސަޕޯޓަރުން ސޮއިކޮށްފައިވާއިރު، ވިޔަރެއާލުން ބުނެފައިވަނީ، ކޯޓުން ޕާޓޭ އަކީ ކުށްވެރިއެއް ކަމަށް ކަނޑަނާޅާ ހިނދަކު، އެ ކްލަބުން އޭނާ އަށް އިތުބާރުކޮށް، ފުރުސަތު ދިނުމުގެ ވިސްނުން އެބައޮތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް