އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ފ.ބިލެއްދޫ ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފ. ބިލެއްދޫ ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު، އަލްއުސްތާޛް އިސްމާޢިލް ޒާހިރު އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް“ގެ ލީގަލް ކައުންސެލް، މުޙައްމަދު ޒަޔާން ޢަބްދުﷲއެވެ.

އަރިހުގައި ދާޢިރާގެ ދާޢިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުއްޞައްތާރު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 4.3 މިލިއަން ރުފިޔާއެވެ.

މިޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ލޯންޑްރީ އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް