އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ށ.ޅައިމަގު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ށ.ޅައިމަގު ޞިއްޙީމަރުކަޒުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު، އަލްއުސްތާޛް އިސްމާޢިލް ޒާހިރު އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ“އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“ގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ، ހުސެއިން އަންވަރު އެވެ. އަރިހުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު މަމްދޫހް ބައިވެރިވެ ވަޑައިގެންނެވިއެވެ.

180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 4.8 މިލިއަން ރުފިޔާއެވެ.

މި ޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް