ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

މަޖިލިސް ރައީސް އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮންއާ ބައްދަލުކުރައްވައިފިއެވެ.

މަޖިލިސް ރައީސް މިހާރު ހުންނެވީ ވަނަ ވޯލްޑް ކޮންފަރެންސް އޮފް ސްޕީކަރސް އޮފް ޕާލިމަންޓުގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަރލެންޑުގެ ޖެނީވާގައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮން | ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލިސް ރައީސް އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާފައިވަނީ، މި ކޮންފަރެންސްގެ ހަވާސާގައެވެ.

ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި މި ދެ ބޭފުޅުން، އަންހެނުންނާއި ޒުވާނުން ރާއްޖޭގެ ސިޔާސީ މަސައްކަތުގައި ކުރިއަށް ނެރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިކަމުގައި މިހާރު ދިމާވާ ދަތިތަކާއި އައިޕީޔޫގެ ފަރާތުން ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް އަހުމަދު ނިހާން ހުސައިން މަނިކް ބައިވެރިވެވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް