ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ކުޅުދުއްފުށީ މަގު ތަރައްގީކުރަން އާރުޑީސީ އާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީ މަގުތައް ޒަމާނީ ފެނެވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި،  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު އެވެ.

ކުޅުދުއްފުށީ މަގު ތަރައްގީކުރަން އާރުޑީސީ އާ ހަވާލުކުރުން | ފޮޓޯ: އާރުޑީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް 730 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރ މި މަޝްރޫއުއަކީ 100،465،864.92ރ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ.  

މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 4 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި، ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމާއި، އަދި ކުޅުދުއްފުށި ސިޓީގެ ނުހަދާހުރި ހުރިހާމަގެއް ޑިޒައިން ކުރުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް