އާދިއްތަ, ޖުލައި 27, 2025
spot_img
- Advertisement -spot_img

އެންމެފަހުން އާސެނަލް އިން ގްޔޯކެރޭސްގެ ސޮއި ހޯދައިފި

ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ މަޝްވަރާތަކަށްފަހު އާސެނަލްއިން ސްޕޯޓިންގ ސީޕީގެ ސްޓްރައިކަރު ވިކްޓަރ ގިއޯކެރެސްގެ ސޮއި ހޯދައިފިއެވެ.

މި ކުޅުންތެރިޔާ އާސެނަލްއާ ގުޅުނީ 63 މިލިއަން ޔޫރޯގެ އަގަކަށެވެ. އަދި އިތުރު 10 މިލިއަން ޔޫރޯ އެޑް-އޮންގެ ގޮތުގައި ހިމެނެއެވެ.

27 އަހަރުގެ ސްވިޑަންގެ ސްޓްރައިކަރު އާސެނަލްއާއެކު ސޮއިކޮށްފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. އޭނާ އާސެނަލްގައި ކުޅޭނީ 14 ވަނަ ނަންބަރުގައެވެ. އާސެނަލްއިން ގިނަ ދުވަސްތަކެއް ވަންދެން ވަނީ އައު ސްޓްރައިކަރަކަށް ބޭނުންވެފައެވެ.

އާސެނަލްގެ ހެޑް ކޯޗް މިކެލް އަރޓެޓާ ވިދާޅުވީ، ”ވިކްޓަރ ގިއޯކެރެސް އާސެނަލްއާ ގުޅުނީތީ ވަރަށް އުފާވެއްޖެ. އޭނާގެ ހުނަރާއި، ކުޅުމުގެ ފެންވަރާއި، ގޯލު ޖަހާ މިންވަރު ވަރަށް ފާހަގަކޮށްލެވޭ. އޭނާއަކީ ހަލުވި އަދި ބާރުގަދަ ސްޓްރައިކަރެއް. އަދި ކުލަބު އަދި ގައުމީ ޓީމު ފެންވަރުގައިވެސް ގިނަ ގޯލުތައް ޖަހާފައިވާ ކުޅުންތެރިއެއް.“

ގިއޯކެރެސްއަކީ ވޭތުވެދިޔަ ސީޒަންގައި ސްޕޯޓިންގ ސީޕީއަށް ކުޅެ، 54 ގޯލު ޖަހާފައިވާ ކުޅުންތެރިއެކެވެ. ޕޯޗުގީޒް ލީގުގައި އޭނާ ވަނީ 66 މެޗުން 68 ގޯލު ޖަހާފައެވެ. މީގެ ތެރެއިން 39 ގޯލު ޖަހާފައިވަނީ ފާއިތުވި ސީޒަންގައެވެ.

ގުޅުންހުރި ލިޔުންތައް