އާދިއްތަ, ޖުލައި 27, 2025
spot_img
- Advertisement -spot_img

މިނިވަން ދުވަހު ޓާމިނަލް ހުޅުވީ މިނިވަންކަމުގެ ތަނބަކަށްވާތީ: ރައީސް

އިގުތިސާދީ މިނިވަންކަމުގެ އެންމެ މުހިއްމު އެއް ތަނބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަމަށާއި އެ ތަނުގެ އާ ޕެސެންޖާ ޓާމިނަލް މިނިވަން ދުވަހަށް ހުޅުވަން ބޭނުންވީ އެ ސަބަބަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންކަން މުހިއްމު ކަމަށެވެ. ރާއްޖޭގެ މިނިވަން ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވީ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓު ކަމަށްވާތީ ކަމަށެވެ.

”އިރާދަކުރެއްވިޔާ މި މަސައްކަތް ގުޅިގެން ދާނީ ހާއްސަކޮށް ފަތުރުވެރިކަން އަދި ޖުމުލަކޮށް މުޅި އިގްތިސާދީ ކުރިއެރުމާ،“ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހީންނަކީ އެއް ބަހަކުން ވާހަކަދައްކައި އެއް ދީނަކަށް އުޅޭ، އެއް މާޒީއެއް ހިއްސާކުރާ، އެއް ބައެއްކަން ހަނދުމަފުޅުކޮށް ދެއްވަމުން، އަމިއްލަ މަސްލަހަތާއި ޒާތީ ތައައްސަބަށް ވުރެ ގައުމު އިސްކުރުމަކީ، އަންނާން އޮތް ޖީލުތަކަށް އުފާފާގަތިކަންމަތީ ގައުމު ވާސިލްކޮށް ދިނުމަށްޓަކައި، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށެވެ.

”މި އާ ޓާމިނަލަކީވެސް ތަރައްގީއަށް ވާސިލްވުމަށްޓަކައި އެކުގައި ކުރާ މަސައްކަތްތަކުން ހާސިލްކުރެވޭ ކާމިޔާބީގެ ރަމްޒެއް،“ އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް