- Advertisement -spot_img

ކްރިޕްޓޯއާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ކްރިޕްޓޯއާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 20 އިން 21އަށް މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އިންޓަރޕޯލްގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަރޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގެ އޮޕަރޭޝަނަލް ސަޕޯޓް ޓީމްގެ ފަރާތުންނެވެ.

ކްރިޕްޓޯއާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަށް ކުރިޔަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް | ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަމާބެހޭ ބަހާތަކުގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ މުވައްޒަފުން ހިމެނޭހެން ޖުމުލަ 28 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ތަމްރީނުގައި، ބްލޮކްޗެއިންގެ މައިގަނޑު އަސާސްތަކާއި، ބިޓްކޮއިން އަދި އެތީރިއަމް މެދުވެރިކޮށް އާންމުކޮށް ކުށްތައް ހިންގާ ގޮތާއި، ކްރިޕްޓޯގެ ސަބަބުން ތަހުގީގުތަކަށް ދިމާވާ މައިގަނޑު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ތަހުގީގުތަށް ބައްޓަން ކުރަންވީ ގޮތް އުނގަންނައިދީފައިއެވެ.

މި ތަމްރީނުގައި މައުލޫމާތުދެއްވީ އިންޓަރޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގެ ފަރާތުން ކްރިޕްޓޯ ކަރަންސީއާ ބެހޭ މާހިރުންނެވެ.

ގުޅުންހުރި ލިޔުންތައް