އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ، ނ. ހެނބަދޫ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނ. ހެނބަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ހެނބަދޫ ކައުންސިލް އިދާރާގައެވެ.

ކައުންސިލްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ހުށައެޅުއްވި ކަންކަމުގެ ތެރޭގައި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބިން ހިއްކައިދިނުމަށާއި ފުޓްބޯޅަ ދަނޑު އިތުރު ޖާގައާއެކު ތަރައްޤީ ކޮށްދިނުން ހިމެނެއެވެ. އަދި ރަށުގެ ކަރަންޓުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި ރަށުގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި މުވައްޒަފުން ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ރަށު ސްކޫލުގައި މިހާރުން މިހާރަށް ކުރަންޖެހިފައިހުރި އެކިއެކި މަރާމާތުގެ މަސައްކަތް ކުރުމާއިމެދުވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް