އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ދ. އަތޮޅުގެ 5 ރަށެއްގައި ’ހާލު ކިހިނެއް؟‘ ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ’ހާލު ކިހިނެއް؟‘ ޕްރޮގްރާމުގެ ދަށުން ދ. އަތޮޅު ފަސް ރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ.

މިގްރޮގްރާމްތައް ހިންގާފައިވަނީ އެއަތޮޅު މާއެނބޫދޫ، މީދޫ، ބަނޑިދޫ، ރިނބުދޫ، އަދި ހުޅުދެލީ ގައެވެ.

ދ. މާއެނބޫދޫގައި ކުރިޔަށްދިޔަ ’ހާލު ކިހިނެއް؟‘ ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ
ދ. މީދޫގައި ކުރިޔަށްދިޔަ ’ހާލު ކިހިނެއް؟‘ ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ
ދ. ބަނޑިދޫގައި ކުރިޔަށްދިޔަ ’ހާލު ކިހިނެއް؟‘ ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ
ދ. ރިނބުދޫގައި ކުރިޔަށްދިޔަ ’ހާލު ކިހިނެއް؟‘ ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ
ދ. ހުޅުދެލީގައި ކުރިޔަށްދިޔަ ’ހާލު ކިހިނެއް؟‘ ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ

އެގޮތުން، ‏މި ޒިޔާރަތްތަކުގެ ތެރެއިން އެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމު ހުޅުދެލީގައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

‏އިޖުތިމާޢީ އަދި  ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ގުޅުންހުރި ލިޔުންތައް