އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ނ.ކުޑަފަރީ ޞިއްޙީ މަރުޒަކުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް އެމްޓީސީސިއާއި ހަވާލުކޮށްފި

ނ.ކުޑަފަރީ ޞިއްޙީ މަރުޒަކުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ނ.ކުޑަފަރީ ޞިއްޙީ މަރުޒަކުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް އެމްޓީސީސިއާއި ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން | ފޮޓޯ: ހެލްތް މިނިސްޓްރީ

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފްއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

360  ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މިމަޝްރޫޢުގެ ޖުމްލަ އަގަކީ 27،635،152.40ރ ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް