އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ލޯނުގެ ގޮތުގައި 982 މިލިއަން ރުފިޔާ ދޫކޮށްފި

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 982 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 982.7 މިލިއަން ރުފިޔާ ދޫކުރިއިރު މި އަހަރުގެ އެކަނިވެސް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 282.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

އެޒުވާރާއިން ބުނި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1،151 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެ އެވެ.

މީގެ ތެރޭގައި ހިމެނެނީ ފިރިހެން 543 ދަރިވަރުންނާއި އަންހެން 608 ދަރިވަރުންނެވެ. މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 863 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފަ އެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރު ޖުމްލަ 274 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ފިރިހެން 112 ދަރިވަރުންނާއި އަންހެން 162 ދަރިވަރުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް