އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ތ. ގުރައިދޫގައި ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ތ. ގުރައިދޫގައި ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ގުރައިދޫ ސްކޫލްގެ ދަރިވަރުންނަށާއި، މުވައްޒަފުންނަށް އަދި އާއްމުންނަށްވެސް ވަނީ މި ދެ ޕްރޮގުރާމުގެ ދަންފަޅިތައް ކުރިއަށް ގެންގޮސްފައެވެ. މި ދަންފަޅިތައް ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް ޢަބްދުﷲ މިފްޒާލްއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. އަދި ނަމާދު މަތިވެރިކުރުން ޕްރޮގުރާމަކީ ނަމާދަށް ހޭލުންތެރި މުޖްތަމަޢުއެއް އުފެއްދުމުގެ މަޤުސަދުގައި މިއަހަރު މުޅިން އަލަށް ފަށައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

މި ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ވުޒާރާއާއި ކައުންސިލްތައް ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް