އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ރ. ދުވާފަރުގައި ”އަހަންނަކީ ނޫސްވެރިއެއް“ ޕްރޮގުރާމް ފަށައިފި

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ “އަހަންނަކީ ނޫސްވެރިއެއް” ޕްރޮގުރާމް ރ. އަތޮޅުގައި ފަށައިފިއެވެ. މިއީ އަތޮޅުތަކުގައި މިގޮތަށް ކުރިއަށްގެންދާ 3 ވަނަ ޕްރޮގުރާމެވެ.

“އަހަންނަކީ ނޫސްވެރިއެއް” ޕްރޮގުރާމް ރ. އަތޮޅުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ޝަމްޢާން ވިދަޅުވީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިދޭއިރު، މަޢުލޫމާތުގެ ތެދު ދޮގު ވަކިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

”އަހަންނަކީ ނޫސްވެރިއެއް“ ޕްރޮގުރާމްގެ ތެރެއިން | ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

އެހެންކަމުން ހޭލުންތެރިކުރުމުގެ މި ޕްރޮގުރާމްގެ ތެރެއިން ޚަބަރުތަކުގެ ތެދު ދޮގު ދެނެގަންނާނެ ގޮތްތައް ކިޔައިދެވޭނެކަމަށް ޝަމްޢާން ވިދާޅުވިއެވެ.

”އަހަންނަކީ ނޫސްވެރިއެއް“ ޕްރޮގުރާމްގެ ތެރެއިން | ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވީ “އަހަންނަކީ ނޫސްވެރިއެއް” ޕްރޮގުރާމަކީ ނޫސްވެރިންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކަށް ރިޢާޔަތްކޮށްގެން މީޑިއާއާ ބެހޭ ތަމްރީން ދިނުމަށްޓަކައި ހިންގާ ޕްރޮގުރާމެއް ކަމަށެވެ. އަދި މި ޕްރޮގުރާމްގެ މަޤުޞަދަކީ ފެތުރެމުންދާ ދޮގު ޚަބަރާއި މަޢުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި މީޑިއާއަށް ވިލުންތެރި މަސައްކަތްތެރިން އުފެއްދުންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

”އަހަންނަކީ ނޫސްވެރިއެއް“ ޕްރޮގުރާމްގެ ތެރެއިން | ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

ރ. އަތޮޅުގައި ފެށި ތަމްރީން ޕްރޮގުރާމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގުރާމްގައި ރ. އަތޮޅުގެ 13 ރަށަކާއި ނ. އަތޮޅު ހޮޅުދޫއިން ޖުމުލަ 37 މީހުން ބައިވެރިވެއެވެ. ބައިވެރިންގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި މި ސަރަހައްދުގައި ހިންގާ އޮންލައިން ނޫސްތަކުން ބައިވެރިވެއެވެ.

ގުޅުންހުރި ލިޔުންތައް