އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަކޮށް ”ފްރޮމް މޯލްޑިވްސް“ ގެ ނަމުގައި ޚާއްޞަ އައު ޤައުމީ ބްރޭންޑެއް ތަޢާރަފުކޮށްފި

މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަކޮށް ”ފްރޮމް މޯލްޑިވްސް“ ގެ ނަމުގައި ޚާއްޞަ އައު ޤައުމީ ބްރޭންޑެއް ސަރުކާރުން ތަޢާރަފުކޮށްފިއެވެ.

މި ބްރޭންޑް ރަސްމީކޮށް ތައާރަފްކޮށްފައިވަނީ އިނގިރޭސި ވިލާތުގައި ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައެވެ. ”ފްރޮމް މޯލްޑިވްސް“ ބްރޭންޑް ތައާރަފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

”ފްރޮމް މޯލްޑިވްސް“ ބްރޭންޑް ތައާރަފްކުރުން | ފޮޓޯ: ރައީސް އޮފީސް

އައު ބްރޭންޑްގެ ލޯގޯ ފަރުމާކޮށްފައިވަނީ، ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭގޮތަށެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމަށެވެ.

 އަދި މީގެ އިތުރުން، ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަންވެސް މި ބްރޭންޑުން ދައްކުވައިދެއެވެ.

މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާނެ ކުރިއެރުމެއްކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް