- Advertisement -spot_img

ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ފޯރަމެއް ހުކުރު ދުވަހުގެ ރޭ

ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ’މަވައްދަތު‘ ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެކަމަށް އެވުޒާރާއިން ބުނެފިއެވެ.

މި ފޯރަމް ކުރިއަށްދާނީ ހުކުރު ދުވަހުގެ ރޭގަނޑު 20:00 އިން 22:30 އަށެވެ.

މި ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ’ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް‘ މި މަޢޫޟޫއަށެވެ. މި ފޯރަމްގައި ބައިވެރިވެލައްވާނީ އައްޝައިޚް ނިމާލު މުޙައްމަދު، އައްޝައިޚް އަޙްމަދު މަޢުސޫމް އަދި އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.

މި ސިލްސިލާގެ ތިން ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ ”ކައިވެނީގެ ކުރިން“ މި މަޢުޟޫއުއަށެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި ”ކައިވެންޏަށް ތައްޔާރުވުން“ މި މަޢުޟޫއުއަށް އަލިއަޅުވާލާފައިވާއިރު ތިން ވަނަ ފޯރަމްގައި އަލިއަޅުވާލާފައިވަނީ ”ކައިވެނި ކުރެވުމާއެކު“ މި މަޢުޟޫއަށެވެ.

ގުޅުންހުރި ލިޔުންތައް