އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

”ޒުވާނުންގެ ހޮޅުއަށި“ ޕްރޮގްރާމް ރޭ ކުރިއަށް ގެންގޮސްފި!

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހިންގާ ”ޒުވާނުންގެ ހޮޅުއަށި“ ޕްރޮގްރާމް ރޭ ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ރޭ 20:30 އިން 22:00އަށް ސޯޝަލް ސެންޓަރުގައެވެ.

”ޒުވާނުންގެ ހޮޅުއަށި“ ޕްރޮގްރާމުގެ ތެރެއިން | ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ވަނީ ”ޔޫތު ޕްލިޓިކަލް ޕާޓިސިޕޭޝަން“ މި މައުލޫއަށް މަޝްވަރާކޮށްފައެވެ.

”ޒުވާނުންގެ ހޮޅުއަށި“ އަކީ ޒުވާނުންނަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން ހިޔާލާއި ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ޕްރޮގުރާމެކެވެ.

”ޒުވާނުންގެ ހޮޅުއަށި“ ޕްރޮގްރާމުގެ ތެރެއިން | ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

މިއަހަރުގެ ތެރޭގައި ވެސް މި މިނިސްޓްރީން ވަނީ ”ޒުވާނުންގެ ހޮޅުއަށި“ގެ ގިނަ ޕްރްގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް