ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

އުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު އަނެއްކާވެސް އަސްކޮއިން ދިވެހިންނަށް ލަނޑުދީފި

އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގުމަށްފަހު ލަނޑުދިން މައްސަލައެއް ބައްލަވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވިގޮތުގައި އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސަމާލުކަމަށް ރޭ އިރާކޮޅުގައިވަނީ އައިސްފައެވެ.

އެހެންވެ މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ޝަހީމް ވިދާޅުވެފައެވެ.

އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް މި އަހަރުގެ މާރިޗް މަހު ވެސް އިސްލާމިކް މިނިސްޓްރީން ބަލާފަވެއެވެ. އެފަހަރު ފެންމަތިވެގެން ބެލީ އެ ގްރޫޕުން ރަމަޟާންމަހުގެ ފަހު ފަނަރައާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ޢުމުރާއަށް ދާން އެތައް ބަޔަކު އަތުން ފައިސާ ނެގުމަށްފަހު، އެ ދަތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ  ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެ ރޭ މެސެޖަކުން އަންގާފައިވާކަމަށްބުނެ، ފައިސާ ދެއްކި މީހުންނާއި ޢާއިލާތަކުން މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

އުމްރާއަށް ގެންދިޔުމުގެ އުސޫލާ ޚިލާފްވި 19 ކުންފުންޏަކަށް ފިޔަވަޅުއަޅަން ނިންމައި އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީމަހު އެކަން އާންމުކޮށް ޢިއުލާންކޮށްފައެވެ. އަދި އެ ކުންފުނިތައް ވަނީ ޤަވާޢިދާ ޚިލާފްވި ނިސްބަތުން ޖޫރިމަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް