- Advertisement -spot_img

މުޙްޔިއްދީން ސްކޫލްގެ ދަރިވަރުންނަށް ނަމާދު ކޭމްޕު ކުރިއަށް ގެންގޮސްފި

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މުޙިއްޔުދީން ސްކޫލްގެ ދަރިވަރުންނަށް ނަމާދު ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ރިސާލަތު ޕްރޮގުރާމުގެ ދަށުން ކުރިއަށް ގެންދެވުނު ކޭމްޕެކެވެ.

މުޙްޔިއްދީން ސްކޫލްގެ ދަރިވަރުންނަށް ކުރިޔަށް ގެންދެވުނު ނަމާދު ކޭމްޕު | ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ

ސަލްމާން ރަސްގެފާނު މިސްކިތުގެ ކޮންފަރެންސް ހޯލުގައި މިއަދު ކުރިއަށް ގެންދިޔަ މި ކޭމްޕު ނަންގަވައިދެއްވީ ސަލްމާނު ރަސްގެފާން މިސްކިތުގެ އިމާމު ޝައިޚް ޢައްމާރު ޢިލްޔާސްއެވެ. މި ކޭމްޕުގެ ތެރެއިން ފުރިހަމަ ގޮތުގައި ނަމާދު ކުރާނެ ގޮތުގެ މަޢުލޫމާތާއި ނަމާދާއި ގުޅޭ ދީނީ ގިނަ މަޢުލޫމާތުތަކެއް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.

މުޙްޔިއްދީން ސްކޫލްގެ ދަރިވަރުންނަށް ކުރިޔަށް ގެންދެވުނު ނަމާދު ކޭމްޕު | ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ

ސްކޫލް ދަރިވަރުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށް ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވުޒާރާއާއި ސްކޫލްތައް ގުޅިގެން ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް