- Advertisement -spot_img

މާޅޮހުގައި އުމުރުން ދުވަސްވީ ފިރިހެނަކު މަރާލައިފި

އއ.މާޅޮހުގައި އުމުރުން ދުވަސްވީ މ ފިރިހެނަކު މަރާލައިފިއެވެ.

މަރާލާފައިވަނީ އެރަށު އޯކިޑް މާގެ، 65 އަހަރުގެ އަބްދުއް ރަހުމާނެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:50 ހާއިރު ފުލުހުންނަށް މައްސަލަ ރިޕޯޓްކުރެވުނު ކަމަށާއި އެރަށު ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް އޭރު މައުލޫމާތު ލިބުނު ކަމަށެވެ. އޭނާ ވަނީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް އަބްދުއް ރަހުމާން ނިޔާވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

މި މައްސަލައިގެ ތަހުގީގަށް އެރަށަށް ދިއުމަށް ފުލުހުންގެ ޓީމެއް މިހާރު ވަނީ ދަތުރު ފަށާފައެވެ. ”މި މައްސަލައިގެ ތަހުގީގަށް މާލެ އިން ތަހުގީގު ޓީމެއް އެރަށަށް ދިއުމަށް ދަނީ ދަތުރު ކުރަމުން“ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމު ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް