ބުދަ, ޖުލައި 16, 2025
spot_img
- Advertisement -spot_img

ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކޮށްދެއްވާފައިވާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޑރ. އިބްރާހީމް މުޞްޠަފާ އަކީ ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވައި، ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓެކެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައްކުރެއްވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމުގެ ހިތާމައިގައި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް، މާތްﷲ މިންވަރު ކޮށްދެއްވުން އެދި ރައީސް ދުޢާ ދެންނެވިއެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އައްޑޫސިޓީ، ހުޅުދޫއަށް އުފަން ޑރ. އިބްރާހިމް މުސްތަފާ އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައި އިންޑިއާގެ ކޮޗިންއަށެވެ. އޭނާ އަވަހާރަވިއިރު، އުމުރަކީ 57 އަހަރެވެ.

އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވެފައިވާ ޑރ. އިބްރާހިމް މުސްތަފާ ކޮޗިންއަށް ގެންދެވުނީ އިތުރު ފަރުވާއަށެވެ. ނަމަވެސް އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ ކޮން ބައްޔަކަށް ކަމެއް އެނގިފައެއް ނުވެއެވެ.

ޑރ. އިބްރާހިމް މުސްތަފާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު، ކޮޗިންގައެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގައެވެ. އޭނާ އަކީ ކެނެޑާގެ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާއިން ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ ތެލެސީމިއާގެ ގިނަ ދާއިރާތަކުން ވެސް ދިރާސާތަކެއް ހައްދާފައެވެ.

ގުޅުންހުރި ލިޔުންތައް