- Advertisement -spot_img

އަޑިއަށްދޔަ ”އޯޝަން އެކްސްޕްރެސް“ ބޯޓުގައި ހުރި ސާމާނު އޮޔާ ދާނެތީވެ ސަމާލުވުމަށް އެދިއްޖެ

ލ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ރިވިވެލި ކަނޑުއޮޅި ކައިރިން އަޑިއަށްދިޔަ ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ ދަތުރުވެރިން ސަމާލުކަން ދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އިލްތިމާސްކޮށްފިއެވެ.

މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް ”އޯޝަން އެކްސްޕްރެސް“ ކޮންޓްރޯލް ނުވާވަރަށް ދިޔަވެ، ކ.ރިވިވެލި ކަނޑުއޮޅި ކައިރިއަށް އަޑިއަށް ދިޔައީ ޖުލައި 10ވަނަ ދުވަހުއެވެ.

އަދި، ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެމްއެންޑީއެފް އިން އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް