- Advertisement -spot_img

މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ދޯނި ސަލާމަތްތެރިކަމާއެކު އަނބުރާ ރަށަށް ވަދެއްޖެ

މަހަށް ނިކުމެ އުޅިނިކޮށް ގެއްލުނުކަމަށް އިއްޔެ ރިޕޯޓުކޮށްފައިވާ ދޯނި، ސަލާމަތްތެރިކަމާއެކު އަނބުރާ ރަށަށް ވަދެއްޖެއެވެ.

ހަތް މީހުންނާ އެކު މަހަށް ނިކުތް ތ.ވިލުފުށީ ”ވިލުރޯދި“ ނަމަކަށްކިޔާ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ޖުލައި 11ވަނަ ދުވަހުގެ ދަންވަރު އެ ދޯނީގައި ތިބި ފަޅުވެރިންނާ ގުޅި، ސަލާމަތްތެރިކަމާ އެކު ދަންވަރު 02:00 ހާއިރު ދޯނި ތ.ވިލުފުއްޓަށް ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުން ދެއެވެ.

ގުޅުންހުރި ލިޔުންތައް