- Advertisement -spot_img

އެސްއޯއީތަކުގެ ބޯޑަށް އައްޔަންކުރުމާއި ވަކިކުރުމުގައި ބަލާނެ އާ މިންގަނޑެއް ޕްރައިވަޓައިޒޭޝަން ބޯޑުން ކަނޑައަޅައިފި

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންނަށް އައްޔަންކުރުމާއި ވަކިކުރުމުގައި ބަލާނެ އާ މިންގަނޑެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ) އިން ކަނޑައަޅައިފިއެވެ.

ޕީސީބީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ މިންގަނޑެއް ކަނޑައެޅުމަށް ނިންމީ ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަންކުރެވޭ ފަރާތްތަކަކީ އެންމެ އެކަށީގެންވާ ފަރާތްތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ޕީސީބީ އިން ބުނީ މީހުން އައްޔަންކުރުމުގައި މިހާރު އަމަލުކުރަމުން އައިސްފައިވަނީ ގާބިލިއްޔަތާއި ތަޖުރިބާގެ އިތުރުން ޕީސީބީގެ ބޯޑުން ކުރިއަށްގެންދާ އިންޓަވިއު އިން މަދުވެގެން 60 އިންސައްތަ މާކްސް ލިބޭ މީހުންނަށް އިސްކަން ދީގެން ކަމަށެވެ. ނަމަވެސް އާ ސާކިއުލާގައި ވާގޮތުން ބޮޑަށް އިސްކަންދޭން ނިންމާފައިވަނީ މާސްޓާސް ފުރިހަމަ ކޮށްފައި ތިބި މީހުންނަށެވެ.

އިސްލާހުގައިވާގޮތުން ގައުމީ އޮނިގަނޑު ލެވެލް 7 އަށް ފެތޭ ސަނަދަކާއި، ވިޔަފާރި އާއި ގުޅުން ހުރި ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ މެނޭޖްމެންޓު ލެވެލްގައި 7 އަހަރު ލިބިފައިވާނަމަ، އެ ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް